ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފިއެވެ.

އެ ޖަލްސާ ބާއްވަން އޮތީ މިއަދު މެންދުރު ފަހު 1:00 ގައެވެ.

މަޖިލީހަށް ނައިބު ރައީސަކު ހޮވަނީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނުގެ ޖަލްސާ އަށް އެޖާންޑާކޮށްފައި ވަނިކޮށް، ޖަލްސާ ފެށުމުގެ ކުރިން، ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅީ، މަޖިލީހުގެ މަސްލަހަތު ނަގައިލަން އުޅުއްވުމުންނެވެ.

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި 2024 ގައި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. އޭނައާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ނާޒިމަކީ 17 ވަނަ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.