ށ. ގޮއިދޫ މިސްކިތުގެ އިމާމު، އޭނާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ ރަށުގެ ކޮމިއުނިޓީ ވައިބާ ގްރޫޕަށް ޝެއާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ރޭ ބުނީ މިމަހުގެ 27 ވަނަ ދުވަހު، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލެއް ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި، އެ ވީޑިއޯގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ ގޮއިދޫ މިސްކިތުގެ އިމާމަށެވެ. އޭނާ މިހާރު ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.

