ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސްކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އަދި އެމްޑީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)ގެ ނަން ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވިއިރު، އޭނާ އެ މަގާމުން ވަކިކުރުމަށް ޕީއެންސީން އޮތީ މައްސަލަ ހުށަހަޅައިފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސަލީމްގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
އެމްޑީޕީގެ ފަރާތުން ޒިޔާދުގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.
(ތަފްސީލު އަންނަނީ..)

