ދޮންކޭލުގެ ފައިދާ އަށް ބަލާ އިރު އެއީ ދަގަނޑު ވަރަށް ގިނައިން އެކުލެވޭ މޭވާއެވެ.

Ads by Asuru

މިއީ ލޭމަދުވުމުން ބޭނުންކުރެވިދާނެ ރަނގަޅު މޭވާއެކެވެ.

މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ 6 އަކީ ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކުރުމަށް ބޭނުންވާ އެންޓިބޮޑީޒް ތައް އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ދޮންކޭލުގައި ހިމެނޭ ”ޓްރިޕްޓަފާން“ގެ ސަބަބުން، ދޮންކެޔޮ ބޭނުން ކުރުމުން ހާސްކަން ފިލުވައިދީ ފިކުރުތަކާ ދުރުކޮށްދެއެވެ. ދޮންކޭލުގައި ފައިބަރު ހުރުމަކީ ގޮހޮރުގެ ހަރަކާތް ހަމައަކަށް އަޅުވައި ދޭނެ ކަމެކެވެ.

ދޮންކެޔޮ ކާން އެންމެ ރަނގަޅީ ކޮންއިރަކު؟

ދޮންކޭލަކީ ސިއްހަތަށް ނުހަނު ފައިދާ ހުރި މޭވާއެއް ނަމަވެސް، މި މޭވާ ކެއުމަށްވެސް އެންމެ ރަނގަޅު ވަގުތެއް އޮންނަކަން އެނގޭހެއްޔެވެ؟

ސިއްހީ މާހިރުންނާ ހަވާލާދީ ބައެއް ލިޔުުންތަކުގައި ބުނެފައިވާ ގޮތުގައި، ދޮންކެޔޮ ކެއުމަށް އެންމެ ރަނގަޅީ ނިދުމުގެ ކުރިންނެވެ. މިކަމުގެ ސަބަބުން ރަނގަޅަށް ނިދުމަށް މަގުފަހި ކުރުވާ ކަމަށް ވެއެވެ.