އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޝަކީލަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެކޮމިޝަންގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މެންބަރުގެ މުޙައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީގެ މެންބަރުކަމަށް މިއަދު ރުހުން ދިން ޝަކީލަކީ ކުރިން ވެސް އެ ކޮމިޝަންގެ މެންބަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

އެއީ ޑިސެންބަރު 3، 2014 އިން މެއި 9، 2018 އަށެވެ.

އަދި އީސީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު އޭނާ ހަމައަށް މެންބަރުކަން ސެޕްޓެންބަރު 1، 2013 އިން ޑިސެންބަރު 3، 2014 އަށް ކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.