ޕެންޝަން އޮފީހުގެ ބޯޑަށް އިތުރު ބޭފުޅަކު ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް  އައިޝަތު ޝިފާ އައްޔަނު ކުރިއިރު، އެ ބޯޑަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީވެސް މިދިޔަ ހަފްތާގެ ތެރޭގައި އައްޔަނު ކޮށްފައިވެއެވެ.

ހައްޖު ކޯޕަރޭޝަން ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވެސް ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަނު ކޮށްފައެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަނަކަށް އަބްދުލް މަޖީދު އަލީވެސް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ އައްޔަނު ކޮށްފައެވެ.