ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފިއެވެ.
މަހީރާ އެ މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މަހީރާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ މީގެ ދެ އަހަރު ކުރިން، 15 އޭޕްރީލް 2022 ގައެވެ.

މަހީރާ މަގާމުން ވަކިކޮށްފައި މިވަނީ، އެ ތަނުގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ މިދިޔަ އަންގާރަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.