ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުން އަންނައިރު، މިއީ 2014 އަދި 2016 ވަނަ އަހަރު އެ ގައުމުގައި މި ބަލި ފެތުރެމުންދިޔަ މިނަށްވުރެ، ތިން ގުނަ ހަލުވިކޮށް ބަލި ފެތުރެމުންދާ ފަހަރެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަހުގެ އެބޯލާ އައުޓްބްރޭކްގައި ކޮންގޯ އިން 1000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ބަލި ފެތުރެން ފެށިތާ، އެންމެ ދެ މަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދެވެ. 2014 ވަނަ އަހަރުގެ އެބޯލާ އައުޓްބްރޭކުގައި 1000 މީހުން މަރުވީ އަށް މަސް ދުވަހުގެ ތެރޭގައެވެ.

އެހެންކަމުން، މިފަހަރު ބަލި ފެތުރެމުންދާ މިންވަރު ވަރަށް ބޮޑަށް ހަލުވި ވެފައިވާކަން ހާމަވެއެވެ

އަދި ބަލި ޖެހުނު މީހުންގެ ައަދަދު ވަނީ، 3000 އިން މައްޗަށް އަރައިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ، އެބޯލާ ވައިރަހުގެ ތިން ބާވަތެއް އުޅޭ ކަމަށެވެ. އަދި އޭގެތެރެއިން ވެސް، ކޮންގޯގައި ފެތުރެމުންދަނީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެބޯލާ ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.

މި ބަލީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުން, ގައިގައި ވަރުނެތުން, އަދި ހޮޑުލެވުމާއެކު ބޭރަށް ހިންގުމެވެ.