އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓުން މި އެލާޓް ނެރެފައި ވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 3:00އާ ހަމައަށެވެ.
މި އެލާޓް ނެރުނު އިރު މާލެއަށް އިއްޔެ ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.
އެގޮތުން އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީކޮށް މި މަހު ހުޅުވާލި ބައެއް ދިމަދިމާލުންވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ.
މާލެއަށް އުދަ އެރުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އިއްޔެ ވަނީ ކޮށްފައެވެ.
މެޓުން ވަނީ، މިއަދާ މާދަމާ ވެސް، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ވެސް ލަފާކޮށްފައެވެ.

