މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.
ެމެޓުން މިއަދު ބުނީ، ރާއްޖޭގެ ހުޅަނގުގައި ގިނައަދަދެއްގެ ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށާއި، މިއާއެކު މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ.
މިއީ ހުޅަނގުމޫސުމާއި ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަ ޓަރަފްގެ ސަބަބުން، ހިނގާ ކަމެއް ކަމުގައި ވެސް މެޓުން ފާހަގަކުރެއެވެ.
މިއާއެކު މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

