ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެ ކަމަށެވެ.
ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މާބޮޑަށް ވިއްސާރަ ނުކުރާނެ ކަމަށާއި، ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގައެވެ.
ދެކުނުގެ އަތޮޅުތަކަށް ވައި އުޅޭނީ ގަޑިއަކު 8 މޭލާއި 15 މޭލާއި ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް 3 ދުވަހަށް ބަލާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

