ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމަށް ތައުލީމީ ގޮތުން މާބޮޑު ސަނަދެއް އޮތް މީހަކަށް ވާކަށް ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ވިދާޅުވި ގޮތުގައި މަޖިލީސް މެމްބަރެއްގެ މުސާރަ ކަނޑައެޅުމުގައިވެސް ބަލަންޖެހެނީ އެމީހަކު ކުރާ މަސައްކަތަކަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީހެއްގެ ގާބިލުކަމަކީ ހަމައެކަނި ތައުލީމާ ގުޅިފައިވާ ކަމެއް ނޫން ކަމުގައެވެ.
މީގެ އިތުރުން، ފެހި ގާނޫނު އަސާސީ އެކުލަވާލެއްވި ދުވަސްވަރުވެސް ބައެއް ފަރާތްތަކުން ތައުލީމީ ޝަރުތުތަކެއް ހިމެނުމަށް ވާހަކަދެއްކި ކަމަށާއި، ނަމަވެސް ޑްރާފްޓިންގް މަރުހަލާގައި ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ޔުނިވާސިޓީ ސަނަދެއް ނެތް ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ފަދަ ޤާބިލު ބޭފުޅުން މިހާރުވެސް ތިއްބެވި ކަމަށެވެ.
އަދި އެފަދަ ފަރާތްތަކަށް މަޖިލީހުގެ ފުރުސަތު އޮންނަންވާނެ ކަމަށް ހަސަން ދެކެވަޑައިގަންނަވައެވެ.

