މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ ރަށުގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއެކު ގދ. އަތޮޅުގެ ދެ ރަށަކުން މިހާރު މި ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ”ކަލެކްޝަން ޕޮއިންޓް“ގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫ ވެސް މިހާރު އިޚްތިޔާރު ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ހިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

