ދަނޑުވެރި މަންފާ ގްރާންޓާއި، ދަނޑުވެރި ނަފާ ލޯނު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިފްތިތާހް ކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމްތަކުގެ މަގުސަދަކީ، ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިއީ ”ދަނޑުވެރި މަންފާ“ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރެވެ.
ދަނޑުވެރި މަންފާ ގްރާންޓަކީ އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ތައާރަޕް ކޮށްފައިވާ ގްރާންޓެކެވެ.
”ދަނޑުވެރި ނަފާ“ ލޯނު އިސްލާމީ ފައިނޭންސިން ނިޒާމަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ފުރުސަތު ހުޅުވާލީ ހަމައެކަނި، ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ.
އެއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ.

