ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ސިންގަޕޫރުގެ ބަދަހި ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.
މި ގުޅުމަކީ ސަރަހައްދުގެ ސުލްހަވެރިކަމާއި ކުރިއެރުމަށް އުއްމީދުކުރާ އެކުވެރި ގުޅުމެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ސިންގަޕޫރުގެ ރައްޔިތުންނަށް ތަރައްގީއާއި، އެއްބައިވަންތަކަމާއި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

