ހަ މަސް ނުވާ ކުދިންނަށް ފެން ނުދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކިތަންމެ ހޫނު މޫސުމެއް ކަމަށް ވިޔަސް ތުއްތު ކުދިންނަށް 6 މަސްވުމުގެ ކުރިން ފެން ބޭނުން ނުވާނެ ކަމަށެވެ.

އަދި މައިމީހާގެ ގާތުން ދޭ ކިރުގެ 88 ޕަސެންޓަކީ ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުން ދޭ ކިރުން ފުދޭނެ ކަމަށާއި، އެ ކިރަކީ ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ހަކަތައަކާއި، ކާނާގެ މުހިންމު މާއްދާތަކުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ފެން ވެސް ފުރިހަމައަށް ފޯރުކޮށްދޭ އެއްޗެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މޫސުން ހޫނު ދުވަސްވަރެއް ނަމަ، 6 މަސް ނުވާ ކުދިންނަށް އާދައިގެ މަތިން ކިރުދޭ ވަރަށް ވުރެ ގިނައިން ކިރު ދިނުން މުހިންމު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.