މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން ޖުލައި މަހުގެ ނިޔަލަށް 97.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 73.6 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ޖެނުއަރީ މަހު 6.0 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 5.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހު 11.8 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު އެ މަހުގައި ލިބުނީ 5.9 މިލިއަން ރުފިޔާއެވެ.
- މާޗް 2026: 27.4 މިލިއަން ރުފިޔާ | ޖެނުއަރީ 2025: 23.5 މިލިއަން ރުފިޔާ
- އެޕްރީލް 2026: 5.4 މިލިއަން ރުފިޔާ | އެޕްރީލް 2025: 11.7 މިލިއަން ރުފިޔާ
- މޭ 2026: 7.5 މިލިއަން ރުފިޔާ | މޭ 2025: 4.3 މިލިއަން ރުފިޔާ
- ޖޫން 2026: 21.2 މިލިއަން ރުފިޔާ | ޖޫން 2025: 10.6 މިލިއަން ރުފިޔާ
- ޖުލައި 2026: 97.1 މިލިއަން ރުފިޔާ | ޖުލައި 2025: 73.6 މިލިއަން ރުފިޔާ
މޯލްޑިވްސް ޒަކާތު ހައުސް އިން މި އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ވަނީ ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފައެވެ.
އެގޮތުން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބުގެ އަދަދަކީ 21،836.50 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

