ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މި ހާދިސާ ހިނގާފައިވަނީ ފޭސް ދޭއްގެ ވިނަރެސް ހަތެއް ކައިރީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ.
އެ ކުއްޖާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

