ރަހަމީރު ކާތަކެތިން ގޭގެ ސުފުރާމަތި ފަޅުފިލުވައިލެވުމަކީ ވެސް ހުނަރެކެވެ. ކޮންމެ ދުވަހަކު އެއް ކެއުމެއް ކެއުމަކީ ފޫހި ކުރުވާނެ ކަމަކަށްވާއިރު، ބޭރުން ކެއުން އެއީ ހަރަދު ވެސް ބޮޑު ކަމެކެވެ. އެހެންވެ، ތިބާގެ ކެއްކުމުގެ ހުނަރު ކުރިއަރުވައި، އެކި ވައްތަރުގެ ކާތަކެތީގެ ރެސިޕީތައް ދަސްކޮށްލުމަކީ މިކަމަށް އޮތް ހައްލެކެވެ.
މާޝާސް ކިޗަން ނުވަތަ މާޝާގެ ބަދިގެއިން މި ދެނީ ޔަގީނުންވެސް ރަނުގެ ފުރުސަތެކެވެ. އެކި ބާވަތުގެ ހަވާދުން ފެށިގެން އިޓަލީން ތައާރަފުވި ޕިއްޒާގެ ރަހަތަކާ ހަމައަށް މާޝާސް ކިޗަން އިން އެކި ކަހަލަ ކާބޯތަކެތި ތައްޔާރު ކުރަން އެދަނީ ދަސްކޮށްދެމުންނެވެ.
މިއީ ގޭގައި މޮޅު ކެއްކުންތެރިޔަކަށް ވުމުގެ އިތުރުން، ކާބޯތަކެތީގެ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުން ވެސް ދޫނުކުރަންވީ ފުރުސަތެކެވެ.
މާޝާސް ކިޗަންއިން ކުރިއަށް ގެންދާ ކޯސްތައް
ސޯސް ކޯސް:
އެއް ދުވަހުގެ މުއްދަތަށް، 300 ރ އަށް ކުރިއަށް ގެންދާ މި ކޯހުގައި، ސަބްމެރިން ސޯސް، ބާގަރ ސޯސް، ޕަނީނީ ސޯސް، ސޭންޑްވިޗް ސޯސް، ޝަވަރްމާ ސޯސް، ވައިޓް ސޯސް، މަޔޮނައިސް، ޕިއްޒާ ސޯސް، ޑިޕިން ސޯސް އަދި ގާލިކް ސޯސް ތައްޔާރު ކުރަން ދަސް ކޮށްދޭނެއެވެ.
ޕިއްޒާ ކޯސް:
ތިން ދުވަހުގެ މުއްދަތަށް 350 ރ އަށް ކުރިއަށް ގެންދާ މި ކޯހުގައި، ޕިއްޒާގެ މަގުބޫލު އެތައް ވައްތަރެއް ކަމުގައިވާ، ޗިކަން މަޝްރޫމް، ބާބަކިޔު، ހަވާއިއަން، ބީފް ބޮލޮގްނީޒް، ތަންދޫރީ ޗިކަން، ޗިކަން ބެލްޕެޕާ، ޓޫނާ، ވަޅޯމަސް، މާގަރީޓާ އަދި ޗެފް ސްޕެޝަލް ޕިއްޒާ ހަދަން ދަސްކޮށްދޭނެއެވެ.
ޑެޒަޓް ކޯސް:
ދެ ދުވަހުގެ މުއްދަތަށް 350ރ އަށް ކުރިއަށް ގެންދާ މި ކޯހުގައި، އޯރިއޯ ޗީޒް ކޭކް، ލޮޓަސް ބިސްކޮފް ކޭކް، ކޮފީ ތިރަމިސޫ، މައިލޯ ތިރަމިސޫ، ޗޮކްލެޓް ބިސްކޯދު ޕުޑިން، ޗިޕްސްމޯ ޕުޑިން، ސާގޯ ފްރުޓް ކަސްޓަޑް އޯރިއޯ، ގުލާބް ޖާމުން، އޯރިއޯ މޫސް އަދި ޕަންނާ ކޮއްޓާ ތައްޔާރު ކުރަން ދަސްކޮށްދޭނެއެވެ.

ޑްރިންކް ކޯސް:
350 ރުފިޔާއަށް ކުރިއަށް ގެންދާ މި ކޯހުގައި، މެންގޯ މަސްތާނީ، މެންގޯ ސްމޫތީ، ސްޓްރޯބެރީ ސްމޫތީ، އެޕަލް އެންޑް ބަނާނާ ސްމޫތީ، ޕިންކް ލޭޑީ، ބަނާނާ ސްމޫތީ، ނިއުޓްރޯ މިލްކްޝޭކް، ކިޓްކެޓް މިލްކްޝޭކް، ވެނީލާ ޖޫގޯ، ބްލޫބެރީ ޖޫގޯ، ޗޮކްލެޓް ޖޫގޯ، ސްޓްރޯބެރީ މިލްކް ޝޭކް، ވެނީލާ މިލްކްޝޭކް، ކޮކޮނަޓް މިލްކްޝޭކް، ކްލެސިކް މޮހީތޯ، ކިވީ މޮހީތޯ، އަންނާރު މޮހީތޯ، ޕެޝަން ފްރުޓް މޮހީތޯ، ކޮކޮނަޓް ސްމޫތީ، ކަރާ މޮހީތޯ އަދި ކިވީ އެންޑް ޑްރެގަން ފްރުޓް މޮކްޓެއިން ހަދާނެގޮތް ކިޔާލަދޭނެއެވެ.
ކައްކާ ކޯސް:
ތިން ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ފީ އަކީ ވެސް 350 ރުފިޔާއެވެ. މި ކޯހުގެ ބައިވެރިންނަށް ބަޓަރ ޗިކަން، ޗިލީ ޗިކަން، ޗިކަން ޓިއްކާ، ޗިލީ ޗިކަން ނަގެޓްސް، ސްރީލަންކަން ފްރައިޑް ރައިސް، ޗީޒް މެކްރޯނީ، ވަޅޯމަސް ޑޯލްފިން ކޮއްތުރޮށި، ޓޫނާ ވެޖެޓަބަލް ރައިސް، ޗިކަން ފްރައިޑް ރައިސް، އެގް ފްރައިޑް ރައިސް، މަސްބަތް، ތެޔޮމިރުސް ބަތް، ގާރލިކް ރައިސް، ބީޓްރޫޓް ރައިސް އަދި ވެޖެޓަބަލް ބިރިޔާނީ ހަދަން ދަސްކޮށްދޭނެއެވެ.

ހަވާދު އަދި އަސާރަ ކޯސް:
ޓިފަން ބޮކްސް ކޯސް:
350ރ އަށް ކުރިއަށް ގެންދާ މި ކޯހުގައި، ސަބްމެރިން ސޯސް، ޕިއްޒާ ސޯސް، ބާބަކިއު ސޯސް، މަޔޮނައިސް، ވަޅޯމަސް ޕިއްޒާ، ޗިކަން ބާބަކިއު ޕިއްޒާ ، މިނީ ޗިކަން ޕިއްޒާ، ކަޓްލެޓްސް، ޓޫނާ ބާރގަރ، ތަންދޫރީ ސަބްމެރިން، މިނީ ޗިކަން ސަބްމެރިން، ޗިކަން ނަގެޓްސް، ޗިކަން ޝަވަރުމާ، ޓޫނާ ވެޖެޓަބަލް ވްރެޕް، ޗީޒީ މެކްރޯނީ، އެގް ސޭންޑްވިޗް، ބްރެޑް ފިޝް ކަޓްލެޓްސް، ޓޫނާ އެގް ޓޯސްޓް، އެގް ޕަފް އަދި ޗިކަން ސޭންޑްވިޗް ހަދަން ކިޔައިދޭނެއެވެ.

ރިހަ އަދި ހަވާދު ކޯސް:
ތިން ދުވަހަށް, 350ރ އަށް ކުރިއަށް ގެންދާ މި ކޯހުގައި، މުސައްމާ ރިހަ، މުސައްމާރިހަ ހަވާދު ޕޭސްޓް، ދޮންރިހަ، ދޮންރިހަ ހަވާދު، ކަނޑުކުކުޅު ރިހަ، ކަނޑުކުކުޅު ހަވާދު ޕޭސްޓް، މަސްބުރި ރިހަ، މަސްބުރި ރިހަ ޕޭސްޓް، ކުޅި ރިހަ، ކުޅިރިހަ ހަވާދު ޕޭސްޓް، ރޯ ހަވާދު ރިހަ، ދިވެހި ތެޔޮ ހަވާދު، ކުކުޅު ރިހަ އަދި ކުކުޅު ހަވާދު ޕޭސްޓް ތައްޔާރު ކުރަން ކިޔައިދޭނެއެވެ.
މީގެ އިތުރުން، އަސްލު ފްރުޓް ޑެޒަޓް ކޯހެއް ވެސް މާޝާސް ކިޗަން އިން ކުރިއަށް ގެންދެއެވެ. މި ކޯހުގެ އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.


