އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 14 މިސްކިތެއް ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑީިއާތަކާއި ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ، ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެކަމަށާއި އެ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވޭ ދާއިމީ ތިން މިސްކިތެއް ހިމެނޭކަމަށެވެ.

”ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ. އިންޝާ ﷲ. ހުޅުމާލެގައި ދާއިމީ ތިން މިސްކިތެއް ހުޅުވިގެންދާނެ.“ ޝަހީމްގެ މެސްޖުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ގިނަ މިސްކިތްތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ.