މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަންހެނަކު ވެސް ހިމެނޭ ގޮތަށް އއ. ރަސްދޫގައި ހިންގި އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ:

* އއ. ރަސްދޫ، ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު، 21،
* އއ. ރަސްދޫ، ގުލްދަސްތާގޭ އަޙްމަދު ޢަރީފު، 37،
* އއ. ރަސްދޫ، ހަވާމަންޒިލް، އިބްރާހީމް ދިނާން، 30،
* އއ. ރަސްދޫ، ފެހިވިނަ، އަޙްމަދު އިކުލީލް، 37،
* އއ. ރަސްދޫ ކާނޭޝަންމާގޭ، އަޙްމަދު މުޙައްމަދު، 44،
* އއ. ރަސްދޫ، ކާނޭޝަންމާގޭ، ވަސީމް، 42،
* ހދ. ކުމުންދޫ، ވިދުވަރުގޭ ލީނާ މޫސާ، 23،
* އއ. ތޮއްޑޫ ހިކިފިނިފެންމާގޭ ރިމާޒު މުޙައްމަދު، 29
* މެހެދީ ހަސަން، 27، ބަންގްލަދޭޝް

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އިއްޔެ ހިންގި އޮޕަރޭޝަންގައި ކަމަށާއި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ވެސް ފެނިފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ އެންމެން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދިނާންއާއި، ރިމާޒާއި، ވަސީމް އަދި މެހެދީގެ ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ.

އަދި ޢުލްވާނާއި ޢަރީފުގެ އިތުރުން އަޙްމަދުގެ ބަންދަށް 5 ދުވަސް ޖަހާފައިވާ އިރު، އިކުލީލް 7 ދުވަހަށް އަދި ލީނާގެ ބަންދަށް 3 ދުވަސް ޖަހާފައިވެއެވެ.