އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާ ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

އެ ކުންފުނީގެ ބޯޑަށް ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ އައްޔަނު ކުރީ ގ. މާޅިކަ، އަހްމަދު އިމްދާހް މުހައްމަދެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފައި މި ވަނީ ބޯޑްގެ މެންބަރެއްގެ ގޮތުގައު ކުރިން ހުންނެވި ދާނިޝް މުޙައްމަދު އަމީން މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އޭނާ އަކީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ ދަރިކަލެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކީ ޝިމާދު އިބްރާހީމެވެ.

އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރުމުގެ އިތުރުން ސްޓޭޓް ފާމާގެ ބޯޑަށް ވެސް ޕީބީސީން އިއްުޔެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެއީ ތިނަދޫ ސިޓީ އަށް ނިސްބަތްވާ އިސްމާއީލް ފަރުހާދު އަހްމަދެވެ.