ޑްރަގް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި މި އަމުރާ ގުޅިގެން ހޯދަމުންދަނީ ހ. ވެލަސްފަރުގެ / މާލެ، އަޙްމަދު ޝާމިން (43އ) އެވެ.
އަޙްމަދު ޝާމިން ހޯދަމުންދަނީ ޑްރަގް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ބަންދުގައި ބަހައްޓައިގެން 2026 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވަނީ އަޙްމަދު ޝާމިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

