ހދ. ކުމުންދޫ ޕޮލިސް ސްޓޭޝަން ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، ކުމުންދޫ ކައުންސިލު ރައީސް އަލީ ގާސިމެވެ.
އެ ރަސްމިއްޔާތުގެ ތެރެއިން، ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ރަށުގައި ހުޅުވި ޕޮލިސް ސްޓޭޝަނަކީ އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ. އެތަނުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ އޮގަސްޓް 27 ގަ އެއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒު ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރެވިގެން ދިޔަ މުހިންމު މަސައްކަތެކެވެ.

