ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތައް ހަދައި މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ބުނީ، ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތު ކުރުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާއިރު، އެ ސަރަހައްދު ވަގުތީ ގޮތުން ބޭނުން ކުރެވިގެންދާނެ ކަމަށެވެ.
އަދި މި ދުވަސްތަކުގައި މަސައްކަތް ކުރިއަށްދާނީ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަސައްކަތް ކުރިއަށްދާއިރު، ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ރޯލަރުގެ ވައިބްރޭޝަންގެ އިހުސާސްވުމާއި، އަދި ކޮންމެވެސް ވަރަަކަށް ހިރަފުސް އެރުން އެކަށީގެންވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކާއި، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިކަަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

