ރަސްމާލެ ތަރައްގީ ކުރުމުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންސީ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ ޝަރުޠު ހަމަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މި މަސައްކަތުގެ ޓެންޑަރާ ގުޅޭގޮތުން އެއްވެސް ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބިޑާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 16 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން bids@infrastructure.gov.mv އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވަން ޖެހެއެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ޑިސެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ ދަރުބާރުގޭގައި ހިންގަމުންދާ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގައެވެ.