ބަނގުރާ ގެންގުޅެ ބޭނުންކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދު އަށް ނިސްބަތްވާ، މުހައްމަދު ރަޒާން އަލީ ޒާހިރު، 19 އެވެ.

ކްރިމިނަލް ކޯޓުން އޭނަގެ ބަންދަށް 5 ދުވަސް ޖަހާފައިވާ އިރު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަޒާން ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށެވެ.

އަދި އޭނަގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކަނޑައެޅީ، މި މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ގާނޫނީ ވަކީލެއްގެ އެހީގައި ކަމަށް ކޯޓުގައި ބުނުމާ ގުޅިގެންނެވެ.

ކޯޓުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވެފައިވާ ގޮތުގައި، ރަޒާން އަކީ އެމްއެންޑީއެފްގެ ޕްރައިވެޓް ރޭންކުގައި ހުރި މީހެކެވެ.