ހުޅުމާލޭގައި ގާއިމުކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން މަސައްކަތް ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުއެވެ.
ޖިއޯ ވޭވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ.
މި ކޮމްޕްލެކްސްގައި ފަރިތަކުރެވޭނެ ދުނިޔޭގެ ފެންވަރުގެ ދެ ކޯޓާއި މުބާރާތްތައް ބޭއްވުމަށް ޚާއްސަ ކޯޓަކާއެކު ޖުމްލަ ތިން ނެޓްބޯޅަ ކޯޓު ހިމެނޭނެއެވެ.
ހުޅުމާލޭގައި ނެޓްބޯޅަ އާއި ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 24 ގައެވެ.





