އަންނަ މަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް 50 ރުފިޔާގެ އާ ނޫޓެއް ނެރެން ނިންމައިފިއެވެ.

Ads by Asuru

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ.

ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022، 12 ސަފަރު 1444އެވެ.