ޕާކިސްތާނާއި ރާއްޖެއާ ދެމެދު ވިޔާފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

Advertisement
Advertise with us

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ”އެކްސް“ގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި އެމަނިކުފާނުގެ އިތުރުން އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހީމާއި އަދި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީޤް އަދި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވަޑައިގަތީ ފެޑެރަލް މިނިސްޓަ ފޮރ ކޮމާސް ޖަމް ކަމާލް ޚާނާއި ފެޑެރަލް މިނިސްޓަ ފޮ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީ އަދި ބައެއް އިސް އޮފިޝަލުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ބައްދަލުމުގައި، ދެ ގައުމުގެ ދެމެދު ވިޔަފާރީ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކޮށް، ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ޕާކިސްތާނާއި ރާއްޖެ އާއި ދެމެދު ކުރެވޭ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ 200 މިލިޔަން ޑޮލަރަށް އިތުރު ކުރުމަށް ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުގެ ތެރޭގައި މަޝްވަރާކޮށްފައިވެއެވެ.