ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ، ދައުލަތުގެ ރިޒާވް ރަނގަޅުކުރުމަށް މިވަގުތު އެޅެންއޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ބޭރުފައިސާއިން ލިބޭ އާމްދަނީ އިތުރުވެ، ބޭރުފައިސާގެ ރިޒާވް ރަނގަޅުވެގެން ދިއުން ކަމަށެވެ.

”މިދަނޑިވަޅުގައި ޓީޖީއެސްޓީގެ ރޭޓް ބޮޑުކުރުމަކީ ރިޒާވަށްވެސް އޭގެ ރަނގަޅު ބަދަލުތަކެއް އަންނާނެ. އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެ ބަދަލުތައް ފެނިގެންދާނެ.“ މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޖީއެސްޓީއަށް ގެނެވޭ ބަދަލާއެކު އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 5.5 އިންސައްތައިގައި ކަމަށެވެ.

އަދި މިއީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދަށް ރޭޓެއް ކަމަށްވެސް ވިދާޅުވިއެވެ.