އުރީދޫ މޯލްޑިވްސްއިން ދެމުންދާ ކްލަބް ޕްރިމިއަރ ލޯންޖުގެ ޚިދުމަތްތައް ޕާޕަލް ލޭން އެޕްއާއި ގުޅިގެން އިތުރަށް ފުޅާކޮށްފިއެވެ.

Ads by Asuru

މި ޚިދުމަތްތަކާ ގުޅޭގޮތުނން އުރީދޫއިން ބުނީ، ޕާޕަލް ލޭނާއި ގުޅިގެން ކްލަބް ޕްރިމިއަރގެ ޚިދުމަތްތައް ދިނުމަށް ނިންމީ އިތުރު ޕްލެޓުފޯރމަކުންވެސް އެ ކުންފުނީގެ ޚިދުމަތްތައް ލިބުމުގެ ފުރުޞަތު ފަހި ކުރުމަށެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ، އިފްތިތާހު ކުރެވިގެންދިޔަ މި ޚިދުމަތްތަކާ އެކު އެ ކުންފުނީގެ ލޯޔަލްޓީ ކަސްޓަމަރުންނަށް އިތުރު ކެފޭތަކާއި އައުޓްލެޓުތަކުން ޑިސްކައުންޓުތައް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހި އުފެއްދުންތައް މާކެޓު ކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. ނިޔާޒް ވިދާޅުވީ، ޕާޕަލް ލޭން އަކީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ކުންފުންޏެއް ނަމަވެސް، އެ ކުންފުނިން ބޭނުންވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކައިރި ގައުމުތަކަށްވެސް އެ އެޕްލިކޭޝަންގެ ހިދުމަތްތައް ދިނުމައް ކަމަށެވެ.

ނިޔާޒް ވިދާޅުވީ، ޕާޕަލް ލޭނާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ އެންމެ ބޮޑު މަގުސަދަކީ ކަސްޓަމަރުންނަށް އިތުރު ހިދުމަތެއް ދިނުންކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ގިނަ އަދަދެއްގެ ތަންތަނުން ޑިސްކައުންޓު ލިބޭނެ މަގެއް ފަހިވެގެންދާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ޕާޕަލް ލޭން އެޕު މެދުވެރިކޮށް، ފުވައްމުލަކުގައި ހުރި އައުޓުލެޓުތަކުންވެސް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

ޕާޕަލް ލޭންއިން ބުނެފައިވާގޮތުން އުރީދޫ އާއި ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ކުންފުނީގެ އެޕްލިކޭޝަން އާ ހަަރުފަތަކަށް ގޮސްފައިވާކަމަށެވެ.

އަދި ޕާޕަލް ލޭންގެ މަޤްސަދަކީ އެކި ތަންތަނުގައި ލިބެންހުރި ރަނގަޅު އޮފާޒްތަކާއި ޑީލުތައް އެތަނަކުން ފެނިގެންދާ ގޮތަށް ހެދުންކަމަށްވެސް ބުނެފައިވެއެވެ.