ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހަވާލު ކުރައްވައިފިއެެވެ.

Ads by Asuru

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ނަޝީދުއާ ހަވާލުކުރައްވާފައިވަނީ އެ މަނިކުފާނު އެކަމަށް ސްރީލްންކާގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގަތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސަކަތް ކޮށްދެއްވަން ހުށަހެޅުއްވީ ރައީސް ނަޝީދު އަމިއްލަފުޅަށް ކަމަށެވެ.

ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ނަޝީދު އެގޮތަށް ހުށަހެޅުއްވީ އިއްޔެ ބޭއްވި މަޝްވަރާތަކެއްގައެވެ.

ލަންކާއަށް އެހީ ހޯދައިދޭން އެމަނިކުފާނު ހުށަހެޅުއްވުމުން ބޮޑުވަޒީރު ރަނިލް ވިކްރަމަހަ ސިންހަ ވަނީ ޝުކުރު އަދާކުރައްވައި އެ މަސައްކަތް ކުރުމަށް ރައީސް ނަޝީދާ ހަވާލުކުރައްވާފައެވެ.