ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ޔުޓިލިޓީސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ޔުޓިލިޓީސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އޮފީސް އިމާރާތުގައި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އާއި ވެމްކޯގެ އިތުރުން އެހެނިހެން ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުން ތިބޭނެއެވެ.

މިތަން ގާއިމު ކުރެވިގެން ދިޔުމުން، ޔުޓިލިޓީސް މައްސަލައެއް ދިމާވުމުން މާލެއަށް ނުވަތަ ފުރަތަމަ ފިޔަވައްސަށް އަންނަންޖެހޭ ޖެހުމާއި އެތަންތަނުން މުވައްޒަފުން ފޮނުވަންޖެހޭ ޖެހުމަށް ހައްލު އަންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.