އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ދެކޭ ގޮތުގައި، މިވަރުގެ ސަރުކާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އައްޑޫ މީދޫ ދާއިރާއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގެނެސްދެއްވައިފައިވާ ތަރައްޤީ ބައްލަވައިލެއްވުމަށް، އޭނާ ވަނީ އެ ދާއިރާއަށް ވަޑައިގެންފައެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ދަތުރު ނިންމާލިއިރު އެނގުނު އެއްޗަކީ އައްޑު މީދޫ ދާއިރާ އޮތީ ރައީސް ޞާލިޙާ އެކުގައި ކަން ކަމަށެވެ. ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކޮށްދެމުންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑު މީދޫ ދާއިރާގައި ސަރުކާރުން މިހާރުވެސް ހިންގަވަމުން އަންނަ މަޝްރޫޢުތަކުގެ ތެރޭގައި، ބަނދަރު، މަގު، ޓާފް ދަނޑު، އައުޓްޑޯ ޖިމް، ސްވިމިން ޓްރެކް، ޓޫރިޒަމް ޒޯން، ރިހެބްގެ އިތުރުން ހެލްތް ސެންޓަރާއި ސްކޫލްތަކާއި އިންޖީނުގެތައް އަޕްގްރޭޑް ކުރުމުގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އިތުރުން، ބިން ހިއްކުން ވެސް ކުރިއަށްދާކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ކީއްވެތޯ ރައީސް ޞާލިޙު  ނުހޮވަންވީ؟“ ރޮޒައިނާ ސުވާލު އުފެއްދެވިއެވެ.

ރައީސް ސޯލިހު ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.