ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 203 ވަނަ އަހަރުގެ ެިޔާސީ ކެމްޕޭން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު، އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން މުހައްމަދު ނާޝިޒު ހަމަޖައްސަން ނިންމައިފިއެވެ.

Ads by Asuru

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. މިގޮތުން އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު ހަމަޖައްސައި ކެމްޕެއިން އޮފީހެއް ވެސް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ކެމްޕޭން މެނޭޖަރަކަށް ނާޝިޒު ހަމަޖެއްސިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ރައީސް ސޯލިހުގެ އިތުރުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.