ސިހުރު ހެދުމަކީ ނުބައިކަން ބޮޑު ފާފައެކެވެ. މި ނުބައި އަމަލުކޮށް، އެތައް ބަޔަަކަށް ގެއްލުން ދެމުން އަންނަ މީހުން، މި ކުޑަ ކުޑަ މުޖްތަމައުގެ ތެރޭގައިވެސް މަދެއް ނޫނެވެ.

Ads by Asuru

ނަފްރަތު ކުރާ މީހުންނަށް ލަނޑުދީ، އެމީހެއްގެ ދިރިއުޅުން މުޅިން ހަލާކު ކޮށްލުމަށް ސިހުރު ހަދާއިރު، މި ކުރެވެނީ ކިހާ ނުބައި ކަމެއްކަން، މިކަންކަން ކުރާ މީހުން ވިސްނައެއް ނުލައެވެ.

މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ، ތިބާ ދިރިއުޅޭ ގެއަށް ސިހުރު ހަދާފައިވާނަމަ، ފެންނާނެ ބައެއް އަލާމާތްތަކެވެ.

ގޭގައި އުޅޭ ވަގުތު ނުތަނަވަސްކަން ވެރިވުން:

ގޭތެރެއަށް ވަނުމުން ނުތަނަވަސްކަން ގޭގެ އަހުލުންނަށް އިޙްސާސްކުރެވޭނެއެވެ. އަދި ގެއިން ނުކުތުމުން އެ ނުތަނަވަސްކަން ފިލާނެއެވެ. މިއީ ދިމާވާ ވަކި ހާދިސާ އަކާއި ނުލައި، އަދި ކުރިން މިފަދަ ކަމެއް ނުވެހުރެފައި މިހެން ވާކަން ފާހަގަވާނަމައެވެ.

ގޭގައި ދިރޭ ސޫފި އާދަޔާ ޚިލާފަށް ގިނަވުން:

ގޭގައި ހިނި ގިނަވުމާއި ޚާއްސަކޮށް ރަތްހިނި އާދަޔާ ޚިލާފަށް ގިނަވުން. އަދި ގޭގައި ހުންނަ ކާބޯތަކެއްޗަށާއި، އަންނައުނުތަކަށް މިގޮތަށް ހިނިއަރައި އަންނައުނު ފަދަ ތަކެތި ކައި ހެދުން. ހަމަ އެގޮތަށް ގެއަށް މާގިނައިން ބޮޑެތި ބަރަވެލި، ކަކުނި ފަދަ ތަކެތި ވަނުން. މިކަންކަން ކުރިން ނުފެނުނު ނަމަވެސް ފާހަގަވާން ފެށުން.

ގޭގައި ފައިދިގު މަކުނު އާދަޔާ ހިލާފަށް ގިނަވުން

ކިތަންމެ ވަރަށް ސާފުކުރިނަމަވެސް ގޭގައި މަކުނުވާ ގިނަވުމާއި ފައިދިގު މަކުނު މާގިނައިން އުޅުން. އަދި މިގޮތަށް ގޭގެ ވަކިތަނަކުން ފެނުމުން މަރާލިޔަސް، ނުވަތަ ނެރުނަސް، ހަމަ އެތަނަކުން ތަކުރާރުކޮށް ފައިދިގުމަކުނު ފެނުން.

ހިނިހޮރު ގިނަވުން

ގިނަ ފަހަރަށް ވަކި ތަނަކަށް ސިހުރު ހެދުމަށްފަހު ފެން އަޅައިފި ނަމަ ނުވަތަ އެއްޗެއް ވަޅުލައިފިނަމަ އެތަނެއްގައި އާދަޔާ ޚިލާފަށް ގަދަޔަށް ހިނިހޮރު ކޮނެއެވެ. އެދި އެހޮރުތައް ފޮރުވާލިޔަސް އަނެއްކާވެސް ހަމަ އެތަނެއް މާގަދަޔަކަށް ހިނިހޮރު ކޮނެއެވެ.

ގޭތެރެ އަނދިރިވުން: ގޭތެރެ ކިތަންމެ ވަރަށް ދިއްލާފައި ހުރިނަމަވެސް ގޭތެރޭގެ އަލިކަން އިޙްސާސްނުވުން. އަދި ގޭގައި އަނދިރިކަމެއް ހުންނަކަން އިޙްސާސްވުން.

ގޭތެރެއިން ދިރުން ކެނޑި ފަޅުކަން އިޙްސާސްވުން

ގެއަކީ ކުރިން މީހުން ވަދެ ނުކުމެވާ، ދިރުން ހުރި ތަނެއްކަމުގައި ވިޔަސް، ސިހުރު ޖެހުމުން ގިނަފަހަރަށް ގެއަށް މީހުން ވަންނަ ހިތްނުވެ، ގޭގެ ދިރުން ކެނޑެއެވެ. އަދި ގޭގައި މީޙުން އުޅުނަސް ގެއިން ފަޅުކަން އިޙްސާސްކުރެވޭނެއެވެ.

ގެއަށް އައުމުން ބަލި ބޮޑުވުމާއި ގެއިން ނުކުތުމުން ބަލި ކުޑަވުން

ގޭގައި އުޅޭއިރު ބޮލުގައި ރިހުމާއި، ބޯ އެނބުރުމާއި، އެހެންވެސް އެކިއެކި ބަލިތަކާއި އުނދަގޫތައް ބޮޑުވުން. އަދި ގެއިން ބޭރުވުމުން، ނުވަތަ އެހެން ތަނަކަށް ދިއުމުން އެއުނދަގޫތައް ކުޑަވުން. މިގޮތަށް މި އަސަރު ފާހަގަވާނީ ގޭގައި ސިހުރުޖެހިފައި ހުރި މީހަކު އުޅޭނަމަ، އެމީހަކަށެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ މައިތިރި.ކޮމްއިންނެވެ.