ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

Ads by Asuru

ރައީސް ވަޑައިގަންނަވާ، ރަށްތަކަކީ، ގއ. ދާންދޫ، ނިލަންދޫ އަދި މާމެންދޫއެވެ. މިރަށްތަކަށް ރައީސް ވަޑައިގަންނަވާނީ މިހަފްތާ ބަންދުގައެވެ.

ރައީސް މިރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިތިން ރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާނެއެވެ.

މީގެއިތުރުން ރަށްރަށުގެ ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އިދާރާތަކަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކައުމުގައި ރައީސް އޮފީހުން ބުނެއެެވެ.