ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބާއި، ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ވެރިރަށް މާލޭގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

Ads by Asuru

އެ ކައުންސިލްއިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓެއް އައްޔަން ކުރެއްވުމަށް ޕާޓީތަކުގައި ބާއްވާ އިންތިހާބުތަކާއި އަދި ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތްތަކަށް ކެމްޕެއިން ކުރެއްވުމަށް ތައްޔާރުކުރައްވާ ޕޯސްޓަރ ތަކާއި ބެނާތައް މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އަދި އެކަމަށްޓަކައި ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ހުއްދަ ނުނަގާ އެއްވެސް ކަހަލަ ކެމްޕޭނާ ގުޅޭ އިޝްތިހާރެއް، މާލެ ސިޓީގެ މަގުތަކުގައި ނުވަތަ އެއްވެސް އާންމު ތަނެއްގައި ހިއްޕުމަކީ ނުވަތަ އެކަމާ ގުޅޭ ބެނާ ދެމުމަކީ މަނާ ކަމެއް ކަމަަށް އެ އިއުލާނުގައިވެއެވެ.

އަދި ހުއްދަނެތި އިޝްތިހާރު ހިއްޕާ ނުވަތަ ބެނާ ދަމާ ފަރާތްތައް ޖޫރި މަނާކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.