މި މަހު ހދ. ނޮޅިވަރަމްގައި މަރާލި ނިޝާމާ މުހައްމަދު މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަގުތީ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ބުނެއެވެ.

ޕޯސްޓްމޯޓަމަށް ހެދުމަށް މި މަހުގެ 21 ގައި ރާއްޖޭން ބޭރަށް ގެންދިއުމަށް 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނައީ އިއްޔެއެވެ. އަދި އޭނާގެ ޖަނާޒާ އިއްޔެ މައުރިބު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.

ތިން ކުދިންގެ މަންމަ ނިޝާމާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 10ގައެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި އޭނަގެ ފިރިމީހާ އަބޫބަކުރު ފައިސަލް، 32، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަމިއްލަ އަށް ދަންޖެހިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށް ފަރުވާ ދެނިކޮށް މި މަހުގެ 19 ގައި ވަނީ މަރުވެފައެވެ.