ބާވީސް ވަނަ ގައުމީ ކެޑޭޓް ކޭމްޕް ކ. ގިފިރުށީ ޓްރޭނިން ސެންޓަރުގައި އިފުތިތާހުކޮށްފިއެވެ.

Ads by Asuru

ކޭމްޕު އިފުތިތާހު ކުރުމުގެ ގޮތުން ގިރިފުށީ ޓްރޭނިން ސެންޓަރުގައި އިއްޔެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އިބްރާހިމް ނައީމެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޭޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 33 ސްކޫލަކުން، 60 ފިރިހެން ކެޑޭޓުންނާއި 59 އަންހެން ކެޑޭޓުންނާ އެކީ ޖުމްލަ 119 ދަރިވަރުން ބައިވެރިވެއެވެ.

މި ކެޑޭޓް ކޭމްޕްގެ މަގުސަދަކީ މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާ ހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމެވެ.

މީގެ އިތުރުން ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަހުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައި ދިނުމުގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން ވެސް މި ކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތަޢާރަފް ކޮށްދިނުން ވެސް މި ކޭމްޕްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.