އިދިކޮޅު ލީޑަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ މައްސަލައިގައި ޙުކުމް އިއްވުން މިއަދު އޮންނާނެއެވެ.

Ads by Asuru

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން، އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވި ކަމަށް ބުނެއެވެ.

މި މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަދު އޮންނަ ހުކުމް އިއްވުމުގެ މަޖިލިސް އޮތީ، ކްރިމިނަލް ކޯޓުގައި ނުވައެއް ޖަހާއިރުއެވެ. މިކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ ޢުމުރުން 18 އަހަރުން މަތީގެ ދެޖިންސުގެ ޒުވާނުން، މިއަދު ހެނދުނު 08:00 އަށް މާލޭ ކަރާމާރުކޭޓް ސަރަހައްދަށް ހާޒިރުވުމަށް ގޮވާލައްވައިފައެވެ.