ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަަމަ ފަހަރަށް އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަން ނިންމައިފިއެވެ.

Ads by Asuru

އެމްޑީޕީގެ އިސް ލީޑަރު، ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އޮންނާނީ، މިރޭ އެމްޑީޕީގެ މައި ހަރުގޭގައި، 9 ޖަހާއިރުއެވެ. މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތަކުން ރައީސް ފެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސްސޯލިހާ ވާދަ ކުރައްވަނީ ރައީސް މުޙައްމަދު ނަޝީދެވެ.