މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރުގެ ނަންބަރަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ގުޅޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 83 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީގެ ކޯލް ސެންޓަރަށް، މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާއި ގުޅޭގޮތުން ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށާއި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ކޯލް ސެންޓަރަށް ގުޅޭނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ އާދީއްތަ ދުވަހު ހެނދުނު 8:00 ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު 00:00 ހަމައަށް މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 ފެށިގެން 04:00 ހަމައަށް މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1622 އެވެ.