ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ނިންމަވައިފިއެވެ.

Ads by Asuru

އާތިފް ވިދާޅުވީ އެމްޑީޕީގެ 3 އަހަރުގެ ސަރުކާރަކާއި 4 އަހަރުގެ ސަރުކާރެއް ތަޖުރިބާކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް އެންމެ ބޮޑު ތަރައްޤީއަކާއި ހެޔޮބަދަލެއް ގެނެވިފައިވަނީ ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.