އިންޑިއާގެ ތަޢުލީމުދޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ބައްދަލުކޮށް، މަޝްވަރާކޮށްފިއެވެ.

Ads by Asuru

މިއީ ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މީޑިއާ ކައުންސިލުން ކުރަމުންގެންދާ މަސައްކަތަކުގެ ތެރެއިން ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

އިންޑިއާ ހައިކޮމިޝަނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި އިންޑިއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެގެނެސް ތަމްރީމް ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، މި ދާއިރާގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމާގުޅޭގޮތުން ވަނީ މަޝްވަަރާކޮށްފައެވެ. އަދި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.