ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ads by Asuru

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑު އަހައިގެންކަމަށާއި، މިހާރުވެސް ރައްޔިތުންގެ އަޑު އެހުމަށްޓަކައި އެމްޑީޕީގެ އެތައް ޓީމުތަކެއް އަތޮޅުތެރޭގެ އެކިރަށްތަކުގައި ހަރަކާތްތެރިވާއިރު، ރައްޔިތުންގެ ގިނަ ޚިޔާލުތަކެއް ލިބޭ ކަމަށެވެ.

ރައްޔިތުންގެ ފަރާތުން މިއަދު ލިބިގެންދާ ޔަގީންކަމާއި އިތުބާރާއިއެކު ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށް، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުން މިއަދުން ފެށިގެން މަސައްކަތްތައްވެސް ވިސްނުންވެސް ޚިޔާލުވެސް ފިކުރުވެސް ގެންގުޅެންވީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަކާއި، ސަރުކާރެއް އެކުލަވާލުމުގައި ކާމިޔާބު ހޯދުމަށް. އެމްޑީޕީއަށް މިކާމިޔާބު ހޯދަދޭން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހަރަކާތްތައް އެބަބޭއްވޭ. ބައްދަލުވުންތައް އެބަބޭއްވޭ. ރައްޔިތުންގެ އަޑު އެބައެހޭ. އަޅުގަނޑަށް ޔަގީންކަމާއިއެކު ދަންނަވަން ކެރޭ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަން.