ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މިނިސްޓަރުން އެމްޑީޕީގެ ރިޔާސީ ޕްރަިއމަރީގެ ވާހަކަ ދައްކާތީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Asuru
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރާއީ ކުރެއްވި ޓްވީޓްގައި ވަނީ، ކޯލިޝަންގެ މިނިސްޓަރުންނާއި އަދި ބައިވެރިން އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި މެދު ކަންބޮޑުވެ، ގޮތްބޮޑުވެ، ނިދިނައިސްގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

”މީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެވެ. އެޕޮއިންޓް ކޮށްފައިވާ މަޤާމާއި އެކު، ވާގޮތް ބަލަން މަޑުން ތިބޭށެވެ.“ ރާއީ ވިދާޅުވިއެވެ.

ރާއީ މިހެން ވިދާޅުވިއިރު، ހޯމް މިނިސްޓަރު އިމްރާން ގެންދަވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން އެކި ޝުއޫރުތައް ފާޅުކުރައްވަމުންނެވެ.