ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންގ މޭޓަކަށް ހޮއްވަވާނީ އައްޑޫ މީހެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންއަށް ހަތަރު އަތޮޅަކަށް ކުރެއވި ދަތުރުފުޅަކަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްވައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރަނިންމޭޓާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ފަހަރުވެސް ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސަވާނީ އައްޑޫ ސިޓީ ބޭފުޅެއް ކަމަށެވެ.

އަދި އެ ބޭފުޅާއަށް މުޅި ރާއްޖެ ތަމްސީލުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ޒުވާން ބޭފުޅަކަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

“އަޅުގަނޑުގެ އުމުރުން ވެސް މިހާރު ކުޑަކޮށް އެބަ ދޮށީވޭ. އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރަނިން މޭޓަކަށް ހަމަޖައްސަވާ ބޭފުޅެއްގެ ނަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ.