މޫސުން ގޯސްވެ 11 އަތޮޅަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

ވައިޓް އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ކަމަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިއީ މެޓް އޮފީހުން އެ ސަރަހައްދަށް މިއަދު ވައިޓް އެލާޓް ނެރުނު ދެވަނަ ފަހަރެވެ.